ދިވެހިންނާއި އެކު އަނެއް ދިވެހި ރާއްޖެއަށް ދިއުމުގެ ދަތުރު އަންނި ފައްޓައިފިއެއްވެފައި ތިބި ގާތްގަނޑަކަށް 3،500 މީހުންނާއި މުހާތަބުކޮށް، އަދި ދިޓީވީގެ ފަރާތުން ލައިވްކޮށް ގެނެސް ދެމުން ދިޔަ ހަފުލާގައި، އަންނި އޭނާގެ "އަނެއް ދިވެހިރާއްޖެ" ސިފަކޮށްދިނެވެ. އެއީ ދަތުރު ފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލެވިފައިވާ، ސިއްހީ ފަރުވާ ހޯދުމަށް ސަލާން ޖަހަން ނުޖެހޭ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބޭ، ދިރިއުޅުމުގެ އަގު ތިރިވެފައިވާ، އަދި މަސްތުވާތަކެއްޗަށް މިހާރު ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވިފައިވާ ދިވެހިރާއްޖެ އެކެވެ. |



