ދިވެހިންނާއި އެކު އަނެއް ދިވެހި ރާއްޖެއަށް ދިއުމުގެ ދަތުރު އަންނި ފައްޓައިފި

by maldivestoday August 16, 2008
އެއްވެފައި ތިބި ގާތްގަނޑަކަށް 3،500 މީހުންނާއި މުހާތަބުކޮށް، އަދި ދިޓީވީގެ ފަރާތުން ލައިވްކޮށް ގެނެސް ދެމުން ދިޔަ ހަފުލާގައި، އަންނި އޭނާގެ "އަނެއް ދިވެހިރާއްޖެ" ސިފަކޮށްދިނެވެ. އެއީ ދަތުރު ފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލެވިފައިވާ، ސިއްހީ ފަރުވާ ހޯދުމަށް ސަލާން ޖަހަން ނުޖެހޭ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބޭ، ދިރިއުޅުމުގެ އަގު ތިރިވެފައިވާ، އަދި މަސްތުވާތަކެއްޗަށް މިހާރު ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވިފައިވާ ދިވެހިރާއްޖެ އެކެވެ.

އިތުރަށް ވިދާޅުވޭ »

އިސްލާހީ ތަގުރީރަށް ތިން އަހަރުވީއިރު އިސްލާހުތައް ފޭލްވެފައި

by Free Machine June 10, 2007
އެތާގައި ވާނެ ކަންތައް ކުރިން އެގިގެންނެއް ނޫނެވެ. ނަމަވެސް މުހިންމު ޖަލްސާއެއް ކަމަށް އެގިފައި އޮތީތީވެ، އަދި ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރަކަށް ވީތީވެއެވެ. ގައުމަށް ބަދަލުތަކެއް އައުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު އަހަރެންނެކޭ އެއްފަދައިން އެހޯލުގައި އިށީދެ ތިއްބެވެ. އަދި ހޯލުން ޖާގަ ނުލިބިގެން ބޭރުގައި ވެސް ތިއްބެވެ.

އިތުރަށް ވިދާޅުވޭ »

ރައީސް މައުމޫނުގެ މޮޓަރާ އަރުމާޒު

by Other June 3, 2007
މިހާރު ރައީސް މައުމޫނު ރާއްޖެ ތެރެއަށް ކުރައްވާ ދަތުރުފުޅު ތަކަކީ އެބޭފުޅާ 100 ވަނަ ދައުރަށް ކުރިމަތި ލެއްވުމުގެ ކުރީގައި ކުރައްވާ ކެމްޕޭނު ދަތުރުފުޅެއްނަމަ އެބޭފުޅާ އެކެމްޕޭނު ކުރައްވަނީ ކޮންފަރާތަކަށް ކާމިޔާބު ހޯއްދަވަންކަމެއް މުޅިއަކުން ސާފެއްނުވެއެވެ. މިމަގަށް މިހެން މިދެކެވެނީ ރައްރަށުގައި އެބޭފުޅާ ދައްކަވާ ވާހަކައިންނެވެ. އުޅުއްވާ ޒާތުންނެވެ.

އިތުރަށް ވިދާޅުވޭ »

މައުމޫނުގެ އައްޑުވަސް އިންޓަރވިއު

by Free Machine January 7, 2007
މިއީ މައުމޫނުގެ އަމިއްލަ ނުވަތަ ޒާތީ ކަންތަކާއި މެދުގައި އެންމެ ބޮޑަށް ސުވާލުކޮށްފައި ހުރި އިންޓަރވިއު އެވެ. އައްޑުވަހުގެ ބަނޑޭރި ގަނޑުގައި މި އިންޓަރިވިއު މައިގަނޑު ލިޔުމުގެ ގޮތުގައި އިސްތިހާރު ކުރުމަށް ލިޔެފައި އޮތީ "އުފާވެރި ކައިވެންޏަކަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނޯންނާނެ" މިގޮތަށެވެ. ނަމަވެސް އެތެރޭގައި އިންޓަރވިއުގެ ސުރުހީއަކަށް ލިޔެފައި އޮތީ "ކަމަކަށް ނުވާކަހަލަ ގޮތަކަށް ދެއަތްބަށް މީހުނާ އިނުމަކީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް" މިހެންނެވެ.

އިތުރަށް ވިދާޅުވޭ »

ވަޔަށް، ޖައްވަށް، ފަޒާޔަށް ތަގުރީރު

by Free Machine August 1, 2006
20 ސެޕްޓެމްބަރ 2003 ވަނަ ދުވަހުގެ އިރު އޮއްސި އަނދިރި ވެއްޖެއެވެ. މާލޭގެ އެކި ހިސާބުތަކުގައި ހިގުމުގެ ސަބަބުން ވެފައި ހުރި ވަރުބައްޔާއި، ކަރުހިއްކުން ފިލުވުމަށްޓަކައި ރައްޓެއްސަކާ އެކުގައި ވަނީ ހޮޓަލަކަށެވެ. ހަނދާން މާ ބަލި ނޫން ނަމަ އޭރު ވެސް ޓީވީ އިން އަންނަނީ ގުރުއާނެވެ. އަށެއް ޖަހަން ކައިރިވީއެވެ. ކުއްލިއަކަށް ޓީވީއަށް މައުމޫނުގެ ފޮޓޯއެއް އަރާފައި ޤައުމީ ސަލާން އަންނަން ފެށިއެވެ. އޭނާގެ ތަޤުރީރު ދެން ފެންނަން ފެށިއެވެ.

އިތުރަށް ވިދާޅުވޭ »